ދިވެހިބަހުން ފުރަތަމަ ޅެމެއް ހެދުމުގެ ޝަރަފު- ހުތްއަލިދީދީ
July 4, 2011 Leave a Comment
ހުތް އަލީ ދީދީ އަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. ފުރިހަމަ ނަންފުޅަކީ ޢަލީ އިބްނި ޙާއްޖު އިބްރާހީމް އެވެ. ހުތް ޢަލީ ދީދީ އަކީ ދިވެހި ބަހުން ފުރަތަމަ ޅެމެއް ހެއްދެވި ޅެންވެރިޔާ އެވެ. ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިސްލާހެއް ގެންނަވައި، ވަރަށް ތަނަވަސް ދޮރެއް ހުޅުވައި ދެއްވި އަދީބެކެވެ.ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1291 ވަނަ އަހަރު އެވެ. ދިވެހި ބަހުގެ އަދީބެކެވެ. މުގައްރިރެކެވެ. ޝާއިރެކެވެ.
ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މައިކަނބަލަކީ ޅ.ނައިފަރު ކޮރު ޙަސަންގެ (ފާތިމަތު) ސަންފަ އެވެ. އުފަން ރަށަކީ ޅ. ނައިފަރު އެވެ. އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށު ކުޑަ މިސްކިތް ދޮށުގައި އޭނާގެ މަހާނަފުޅު ވެއެވެ. އޭގައިވާ ގޮތުން އަވަހާރަވީ 11 ޖުމާދިލް އާޚިރާ 1351 ގައެވެ. އޭރު އުމުރުފުޅަކީ 60 އަހަރު އެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ އަލްއަޒްހަރީ(ޖަލާލުއްދީން ޝައިޚުލް އިސްލާމް) އަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ.
ހުތް ޢަލީ ދީދީ އަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި މައުލަވީ އެކެވެ. ޢާލިމެކެވެ. ދައުލަތުން އެކަމުން ހުއްދަ ދެއްވުމާއެކު، މާލޭގެ މައިޒާން ތަކާއި، މިސްކިތް ތަކުގައި ދީނީ އިރުޝާދު ދެއްވާ އުޅުއްވި މުރުޝިދެކެވެ. ދައުލަތުގެ ހުއްދައާއެކު އާންމުންނަށް ދީނީ ނަޞޭހަތް ދެއްވުމަށް ފުރަތަމަ ވަޢުޒު ވިދާޅުވި ބޭފުޅަކީ ވެސް ހުތް ޢަލިދީދީ އެވެ.
ޅެން އެންމެ ފުރަތަމަ ހައްދަވާން ފެއްޓެވި ޝާއިރަކީ އަލްމަރުހޫމް ހުތް އަލީ ދީދީ އެވެ. މީނާ އަކީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ދިރިއުޅުއްވި ބޭފުޅެކެވެ. އެހެންކަމުން ފުރަތަމަ ޅެމެއް ދުނިޔޭގެ އަލިކަމުގެ ތެރެއަށް އުފަންވީ ހިޖުރީ 14 ވަނަ ގަރުނުގެ ދެބައިން ކުރީބައިގައި ކަމަށް ބެލެވެއެވެ. ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެދުމުގައި އަރާހުންނެވި ޝާޢިރެކެވެ.
ތާރީޚުން އެނގެން އޮތް ގޮތުގައި ދިވެހިބަހުން އެންމެ ފުރަތަމަ (މިހާރު މި ހަދާ ވައްޓަފާޅިއަށް) ޅެމެއް ހެއްދެވީ ހުތް އަލީ ދީދީއެވެ. ހުތްއަލިދީދީގެ އަސްލު ނަންފުޅަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. އެމަނިކުފާނުގެ އުފަން ރަށަކީ ޅ. ނައިފަރެވެ. ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މަންމާފުޅަކީ ޅ.ނައިފަރު ކޮރު ޙަސަނުގެ ސަންފަ އެވެ.
ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިޞްލާޙެއް ގެންނެވި ބޭފުޅެކެވެ. ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީދީދީ ނުވަތަ މަޝްހޫރު ޖަލާލުއްދީނަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ. ޖަލާލުއްދީނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ހުތް ޢަލީ ދީދީގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާއިރު އެމަނިކުފާނަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. މާލޭގެ މިސްކިއްތަކާއި އެނޫންވެސް ތަފާތު ތަންތަނުގައި ހުތްއަލީ ދީދީ ވަނީ ދީނީ ތަޢުލީމު އުނގަންނައި ދެއްވުމުގައި އުޅުއްވާފައެވެ. ތާރީޚީ ބައެއް ފޮތްތަކުގައިވާގޮތުން ދައުލަތުގެ ހުއްދަ އާއެކު އެންމެފުރަތަމަ އާންމުންނަށް ދީނީ ނަސޭހަތް ދެއްވި ބޭފުޅަކީވެސް ހުތް ޢަލިދީދީ އެވެ.
ދިވެހި ތާރީޚުން އެނގެންއޮތް ގޮތުގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވީ ހުތް އަލީ ދީދީ އެވެ. ހުތްއަލީ ދީދީ އެންމެ ފުރަތަމަ ޅެން ހެއްދެވީ ކޮންތާރީޚެއްގައި ކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ކަމަށް ތާރީޚުން އެނގެން އޮތީތީ އެންމެފުރަތަމަ ދިވެހި ޅެން ހެދިފައިވާނީ ހިޖުރީ 14 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރެއްގައިކަމަށް ބެލެވެއެވެ. ޅެންވެރި ކަމުގެ ތެރެއިން، ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ.
އެންމެ ފުރަތަމަ ދިވެހި ޅެމުގެ ފުރަތަމަ ދެބައިތު އޮތީ ޢަރަބިބަހުންނެވެ. ރައިވަރު ހަދަމުން އައި ވަޒަނާ ޚިލާފަށް ޅެންވަޒަނުގެ މައްޗަށް ހެދުނު ފުރަތަމަ ދިވެހި ޅެން ހެދިފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކަށެވެ. އޭގެފަހުން އެތައް ޒަމާނަކަށްފަހު މިޒަމާނުގައިވެސް ދިވެހިޅެން ގިނައިން ހަދައި އުޅެނީ މިދެންނެވިފަދަ ވަޒަން ތަކަށެވެ..
ތާރީޚީ ފޮތްތަކުން އެނގޭގޮތުގައި ހުތްއަލީ ދީދީ ދިވެހިބަހުން ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް އަދީބުން މިފަދަ ޅެންތައް ހައްދަވަން ފެއްޓެވިއެވެ. އޭގެ ތެރެއިން ތާރީޚީގޮތުން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ބަލާލާއިރު ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ.
ދިވެހިޅެން ވައިގައި ހިފައި ޅެންހެދުމު ފޯރިއުފެދިގެން ދިޔަކަމަށް ވެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވިކަމަށްވަނީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ޅެންތަކުގެ ތެރޭގައި “ފާތިމަތުގެފާނުގެ ޅެން” “ހުސައިނުގެފާނުގެ ޅެން” މިފަދަ އެތައް ޅެންތަކެއް ފާހަގަ ކޮށްލެވެއެވެ.
އަލްމަރުހޫމް ހުތް އަލީ ދީދީ ފުރަތަމަ ހެއްދެވި ޅެން، ފެށިފައި އޮތީ ޢަރަބި ދެބައިތަކުންނެވެ. ރައިވަރުގެ ވަޒަނުން ނެއްޓި މިހާރުގެ ޅެންތައް ހުންނަ ވަޒަންތަކަށް ދިވެހި ބަހުން ފުރަތަމަ ޅެން ހައްދަވާފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކެވެ. އަދި މިފަދަ ދެވަނަ އަށް އުފަންވި ޅެމަކީ ވެސް އަލްމަރުހޫމް ހުތް އަލީ ދީދީ ގެ ޅެމެކެވެ. އަލްމަރުހޫމް ހުތް އަލީ ދީދީ މިބާވަތުގެ ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް ޅެންވެރިން މިގޮތަށް ޅެން ހައްދަވަން ފެއްޓެވި އެވެ. އޭގެ ތެރޭގައި ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ހެއްދެވި ޅެންތަކުގެ ތެރޭގައި ފާތިމަތުގެ ފާނުގެ ޅެން، ހުސައިނުގެފާނު ގެ ޅެން ފަދަ ޅެންތައް ހިމެނެއެވެ. އައްޝައިޚުލް މަރުޙޫމް ހުތް އަލީ ދީދީގެ ޅެންތައް ރާއްޖޭގައި ވަރަށް ގިނައިން ގެންގުޅެއެވެ.














Comments