އަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީން
July 5, 2011 Leave a Comment
ނަސަބު ބޮޑުފެންވަޅުގޭ ސީދީގެ ފުރިހަމަ ނަންފުޅަކީ އައްސައްޔިދު ޙުސައިން އަފީފުއްދީން އިބްނި މުޙައްމަދު ބިން އަލްޙުސައިނީ އެވެ. ބޮޑުފެންވަޅުގޭ ސީދީ އުފަންވެވަޑައިގަތީ 19 މެއި 1888 ގައެވެ. ބައެއް ތާރީޚް ތަކުގައި ބޮޑުފެންވަޅުގޭ ސީދީ އުފަންވެ ވަޑައިގަތީ 20 ޖޫން 1888 ކަމުގައި ލިޔެފައިވެއެވެ. އުފަންވެ ވަޑައިގަތް އިރު ކިޔާފައިވަނީ ޙުސައިން އަލް ޙުސައިނީ އެވެ. ބައްޕާފުޅަކީ ޢަރަބި ކަރައިގެ ބަޢުލަވީ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މުޙައްމަދުގެ އައްސައްޔިދު އިބްރާހީމް ދޮށީ ކަލޭގެ ފާނުގެ އައްސައްޔިދު މުޙައްމަދު ކުޑަ ސީދީ އެވެ. މަންމާ ފުޅަކީ ބޮޑުފެންވަޅުގޭ ދޮންމަނިކެ ނުވަތަ ހައްވާ ދީދީ އެވެ. މަންމައަކީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު އައްޑޫ ބޮޑު ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންފައިވާ އަލްގާޟީ އިބްރާހީމް މަޖުދުއްދީންގެ ކިބައިން ރާއްޖެ ވަޑައިގެންފައިިވާ އައްސައްޔިދު މުޙައްމަދު މަނިކުފާނު ކ.ގުރައިދޫ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގްތ އައްސައްޔިދު އަހުމަދު ބޮޑޫ ބަނޑޭރި މަނިކުފާނުގެ އައްސައްޔިދު ޢަލިމަނިކުފާނުގެ އައްސައްޔިދު މޫސާ ކުޑައެދުރު ޙަސަން ފާމުދޭރި ތަކުރުފާނުގެ އަލްއަމީރާ އާމިނަތު ކަބައިދި ކިލެގެފާނާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އައްނަބީލާ ޛުލޭޚާ މަޖުދުއްދީން އެވެ.
ބޮޑުފެންވަޅުގޭ ސީދީގެ ޙަޔާތުގެ ބޮޑުބައެއް އައްޑު އަތޮޅުގައި ހޭދަކުރައްވާފައި ވެއެވެ. އެއީ މަންމަ ފަރާތުގެ ތިމާގެ މީހުންނާއި، ބައްޕަ ފަރާތުގެ ތިމާގެ މީހުން އައްޑޫގައި އުޅުމާއި، އަދި އެދުވަސްވަރު އައްޑުއަކީ ދިވެހިރާއްޖޭގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު އެންމެ ރަގަޅަށް އޮތް އެއް ހިސާބުކަމަށް ވުމުންނެވެ. އައްޑޫގައި ގަނޑުވަރު ޙުސައިން ދީދީގެ ދަރިކަލުން އަލްޙާއްޖު ޢަބުދުﷲ ދީދީގެ އަރިއަހުން ބޮޑުފެންވަޅުގޭ ސީދީ ޢިލްމު ޙާޞިލް ކުރެއްވި އެވެ. އަރަބި ބަސް ދެނެވަޑައިގަނެއެވެ.
އަދާކުރެއްވި ވަޒީފާތައް
ވަޒީރުލް މަޢާރިފްކަން
އުއްތަމަ ފަނޑިޔާރުކަން
ވަޒީރުލް އައުގާފްކަން : ކޮލިލެވުނީ 18 ޛުލްޤައިދާ 1355ހ ދުވަހު 8.30 ގައެވެ.
މާލޭގޭ ޚަޠީބުކަން ( ހެންވޭރު )
ރައްޔިތުން މަޖުލީހުގެ މެންބަރުކަން
ލިޔުއްވާފައިވާ ފޮތްތައް
އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް
ދިވެހި ޅެންވެރިކަމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު
ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ
ކަންޒުލް އަދަބު
މާމަކުނުދޫ ބޮޑުއީސަ ވާހަކަ














Comments