އާމިނަތު ފާއިޒާ
July 5, 2011 Leave a Comment
އާމިނަތު ފާއިޒާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 ސެޕްޓެމްބަރ 1924 ގައި ގ.ބޮޑުފެންވަޅުގޭގައެވެ. އެއީ ހިޖުރައިން 29 ޞަފަރު 1343 ގައެވެ. ބައްޕަ އަކީ އަލްމަރުޙޫމް ޔޫސުފް މޫސާ ނުވަތަ ބެރުގޭ ޔޫސުފް ފުޅު އެވެ. މަންމައަކީ އަލްމަރުޙޫމާ މަރިޔަމް މޫސާ ނުވަތަ ބޮޑުފެންވަޅުގޭ ދޮންދީދީ އެވެ. ޑޭޒީމާ ފާއިޒާގެ ދަރިންގެ ތެރެއިން އަލްފާޟިލާ އާމިނަތު ޢައްބާސާ އަކީ ފާހަގަކޮށްލެވޭ ޅެންވެރިއެކެވެ. އަވަހާރަވީ 25 ފެބުރުވަރީ 2011 ގައެވެ.
އާމިނަތު ފާއިޒާ ޅެންހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ ޢުމުރުން 20 އަހަރުގައެވެ. އާމިނަތު ފާއިޒާ އަކީ މަދަރުސަތުއް ސަނިއްޔާގެ ދައުރުގެ ދެވަނަ ފޯރމް (އޭރުގެ އެންމެ މަތީ ފޯރމް) އިން ނިމިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ޅެން ހެއްދެވުމުގައި އެންމެ ފާހަގަކޮށްލެވެނީ ޢިޝްޤީ ރޮނގުންނެވެ. އެންމެ ގިނަ ޅެން ހައްދަވާފައިވަނީ ވެސް އެރޮނގުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ ނަމަކީ ޑޭޒީމާ އެވެ.
އަދާކުރައްވާފައިވާ ވަޒީފާތައް
މަދަރުސަތުއް ސަނިއްޔާގެ މުދައްރިސާކަން
ދިވެހިބަހާއި އަދަބަށް
ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން
ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ އެހީތެރިޔާކަން














Comments